ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މިސަރުކާރުގެ ކާމިޔާބީ އަކީ ޕީޕިއެމްގެ ދިރުމާ ކާމިޔާބު ކަމަށް ޕީޕީއެމްގެ ނައިބުރައީސަ އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމު ވިދާޅުވީ ޕީޕީއެމް އަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަޤީގަތާ ޚިލާފު ވާހަކަދައްކަވާ ރައްޔިތުންގެ ނަފުރަތު މިސަރުކާރަށް އަމާޒުކުރުވަން މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
އަދި އެފަދަ ބޭފުޅުން ތިއްބަވާނީވެސް ޕީޕީއެމްގައި ކަމަށާއި ރައީސް ޑރ މުއިއްޒުގެ މިސަރުކާރުގެ ކާމިޔާބީ އަކީ ޕީޕިއެމްގެ ދިރުމާ ކާމިޔާބު ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރައީސްގެ ގޮތުގައި ޑރ މުއިއްޒު ގެންދަވަނީ ހުއްޓުމެއްނެތި އެތައް ކުރިއެރުމެއް ހޯއްދަވަމުން ކަމަށެވެ.
އަދި ގައުމު ބިނާކޮށް އައު ޒަމާނަކަށް މުހިންމު ގިނަ ކަންކަން ގެންދަވަނީ ތަންފީޒު ކުރައްވަމުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.