- Advertisement -ad image

ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަ ކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަން ގިނަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް ވިދާޅުވީ ރަމަޟާންމަހުގެ ފަހު 10 ބަންދުކުރެއްވީ ރޭއަޅުކަމާއި ހެޔޮ ޢަމަލުތަކަށް ފުރުޞަތު ދެއްވުމަށްކަމަށެވެ.
އަދި މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ރަމަޟާންމަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ.
ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.

ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވިއެވެ. އަދި ރޯދަ ހަދިޔާ ރައްޔިތުންނަށް ބެއްސެވިއެވެ. އަދި ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށް މިއަހަރުގެ ރޯދަމަސް ވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ