- Advertisement -ad image

އަދުރޭގެ ވަރުގަދަ ރައްދެއް: ވެރިކަމަށް އައިސް މިތިބީ ޕީޕީއެމް ޕީއެންސީ މަގުމަތި ކުރަން އުޅުނީމަ އެފުރުސަތު ނުދީ!

ad image

ގުޅުންހުރި ލިޔުންތައް


2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މިއަދު ވެރިކަމުގައި ޕީއެންސީ އޮތީ ޕީޕީއެމް/ޕީއެންސީ މަގުމަތި ކުރަން އުޅުނީމަ އެ ފުރުސަތު ނުދީ ކުރި މަސައްކަތުން ކަމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އައްޑޫ ހުޅުދޫ ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް)ގެ ކެމްޕެއިން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް/ ޕީއެންސީ އާއި ދެ ޕާޓީގެ މެންބަރުން މަގުމަތިކޮށްލަން ދިމާކުރި ވަގުތު ނިކުތީ ރައްޔިތުން މަގުމަތިވިޔަ ނުދިނުމަށް ކަމަށެވެ.
އެހެންވީމަ ޕީޕީއެމް/ޕީއެންސީއަށް ކުރިއެރުން އަންނަ ގޮތް އިނގޭނީ އެޕާޓީގެ ލީޑަރު ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށާއި ދެޕާޓީގެ ލީޑަރޝިޕަށް ކަމަށެވެ.
“ ތިމާ ބޭނުންވާ ކަމެއް ތިމާއަށް ނުވީމަ ތިމާ ބޭނުންވާ މަގާމެއް ލިބޭނެގޮތް މެދުވެރިނުވީމަ ދެން އެހެން އެންމެން ކަތިލަން ދިމާކުރުމަކީ އެއީ ގައުމަށް އިހުލާސްތެރިވުމެއް ނޫން. އެއީ ގައުމަށް ވަފާތެރިވުމެއްވެސް ނޫން. އެއީ ގައުމަށް ހެޔޮއެދުމެއްވެސް ނޫން. އެއީ ރައްޔިތުންނަށް ތެދުވެރިވުމެއްވެސް ނޫން. “ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އިހުލާސްތެރި ކަމަށް ވަންޏާ ތިމާއަށް އަމިއްލަ ފައިދާއެއް ނުވިއަސް އެކަމަމަށް ތާއީދު ކުރަންޖެހޭ ކަންކަން ހުންނަ ކަމަށާއި އެކަން އެގޮތަށް ނުވާނަމަ އެއީ މަވެތިކަމުގެ އިންތިހާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ