- Advertisement -ad image

ތިން ރޭ މަތިން ތަގުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް


ތިން ރޭ މަތިން ތަގުވާ މިސްކިތުން 7 ފަންކާ ވަގަށްނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތުގައި ބަހައްޓާފައިވާ ސްޓޭންޑް ފަންކާ ހިފައިގެން ފިރިހެނަކު ނިކުމެގެން ދަނީއެވެ.
ސިޓީ ކައުންސިލުން ބުނީ ފަންކާ ވަގަށް ނަގައިގެން ދާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންނާވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ވެސްވަނީ ވަގަށް ނަގާފައެވެ. މި މައްސަލަވެސް މިހާރު ވަނީ ޕޮލިހަށް ރިޕޯޓު ކުރެވިފައި ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.


ފުލުހުން ބުނީ ކުށްހިނގިތަނަށް ގޮސް ކުށުގެ ވެށިން ތަޙުޤީގަށްބޭނުންވާ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ