- Advertisement -ad image

ދައްކަންޖެހޭ ލޯނުތައް މިދަނީ ސުންގަޑިއަށް ދައްކަމުން އެކަމަކު ފައިސާ ޗާޕެއްނުކުރަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

120 ބިލިއަން ރުފިޔާގެ ދަރަނި ދައްކަމުން މިދަނީ ސުންގަޑީގައި ކަމަށާއި އެކަމަކު ފައިސާޗާޕުނުކޮށް އެކަކަން ކުރަމުންދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ ޕީީޕީއެމް/ޕީއެންސީ ކެންޑިޑޭޓު މުހައްމަދު ފަޒީލް ކެމްޕެއިނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ އިގުތިސާދު ވައްޓާލައިފަވާ އަނދަވަޅުން ނަގާ ކޮޅަށް ޖަހަން ކަމަށާއި 120 ބިލިއަން ރުފިޔާގެ ދަރަނި ދައްކަމުން ސަރުކާރުން އެ ގެންދަނީ ކަނޑައެޅިފައިވާ ތާރީހުތަކަށް ކަމަށެވެ.
އަދި މިމަހުގެ 19 ގައި ދައްކަން އޮތް ލޯނުވެސް ވަގުތަށް ދައްކާފައިވާނެ ކަމަށާއި އަދި އޭގެ ކުރިން އޮތް ދަރަނިވެސް ވަގުތަށް ދެއްކި ކަމަށް ރައީސް ވިދާޅުވިއެވެ.
“ އެކަމު ފައިސާއެއް ޗާޕެއް ނުކުރަމޭ އަޅުގަނޑުމެންނެއް. މުސާރަވެސް ދެމުން މިދަނީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. އަދި ކުންފުނިތަކުން ރަށްރަށުގައި 2022 އަދި 2023 ގައި ފަށާ ފައިސާ ނުދީގެން ހުއްޓާލާފައި ހުރި އެތައް މަސައްކަތެއް މިދަނީ ފައިސާ ދީގެން އަލުން ފަށަމުން. އެކަމަކުވެސް އަޅުގަނޑުމެން ފައިސާ ޗާޕެއް ނުކުރަން. “ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ސަރުކާރު ހިންގަމުންދަނީ ލިބޭ އާމުދަނީގެ ތެރެއިން ތަރުތީބުކޮށްގެން ޕެންޑިން ބިލްތައް ދައްކުވައިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ