- Advertisement -ad image

އާސަންދައިގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަ މެޑިކަލް ޗެކަޕް ޕެކޭޖް ތައާރަފުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށްފި އެވެ.

މިއީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ވަޢުދުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ޚާއްސަ ސިޔާސަތުގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ.

މީގެއިތުރުން އާސަންދަ ކުންފުނިން ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްޞަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ވެސް ހަމަޖައްސާފަ އެވެ.

އާސަންދައިން ބުނިގޮތުގައި މިމެެޑިކަޕް ޗެކަޕް ޕެކޭޖް 1 ޖެނުއަރީ 2024ގައި ތަޢާރަފްކުރެވުނު ނަމަވެސް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށް ބަދަލުގެނެވިފައި ވާނެ ކަމަށެވެ.
އެގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ޚާއްޞަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ބަދަލުގެނެވިފައި ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަދުން ފެށިގެން އިތުރުކޮށްފައިވާ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްޞަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ.

ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވެސް އާސަންދައިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ