- Advertisement -ad image

ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން މިރޭ

ad image

ގުޅުންހުރި ލިޔުންތައް


ހިޔާ ސަރަހައްދުގެ ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދައްލުކުރައްވަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސްގެ މި ބައްދަލުވުން ބާއްވަނީ މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ހާމަ ކުރައްވާފައި ނެތް ނަމަވެސް ރޭ މާލޭގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ދައްކަމުންދާ ވާހަކަތަކުގެ ތަފްސީލް މިރޭ ހާމަކުރައްވާނެކަމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެ ކޯލިޝަންގެ ލީޑަރު އަދި ރައީސް ޑރ މުއިއްޒު ހިޔާ ރައްޔިތުންނާއި ބައްދަލު ކުރެެއްވުން އޮންނާނީ މިރޭ 21:45ގައި ކަމަށެވެ.

ހިޔާ ސަރަހައްދަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދެކެވެ. އެގޮތުން އެ ސަރަހައްދުގެ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފްލެޓްތަކަށް ދައްކަން ޖެހޭ ކުލިން 200،000ރ. އެމަނިކުފާނު ވަނީ ރިޔާސީ ވަޢުދެއްގެ ތެރެއިން މަޢާފްކޮށްދެއްވާފައެވެ. މީގެ އިތުރުން ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތްވެސް އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އެޗްޑީސީން ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ