- Advertisement -ad image

ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް އެހީ ފޮނުވަނީ

ad image

ގުޅުންހުރި ލިޔުންތައް

ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަހީމް ވިދާޅުވިގޮތުގައި ތާރީޚީ ގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މިއީ ބޭރަށް އެހީއެއް ފޮނުވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޒަކާތަށް ޚާއްޞަ އިދާރާއެއް ރާއްޖޭގައި ޤާއިމު ވެގެން ދިއުމުގެ ހެޔޮ ނަތީޖާކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

“ޣައްޒާގެ އަޚުންނާއި އުޚުތުން, ކުޑަކުދިން ބަނޑަށްމަރުވަމުންދާތަން ދެކެން އަހަރުމެން ބޭނުމެއްނޫން. އަހަރެމެން އަތުގައި ހުރި އެއްޗަކުން އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް އިންޝާ އެހީ ފޯރުކޮށްދެވޭނެ. މިއީ ދިވެހި ރައްޔިތުންގެ ދީލަތި އިޙުސާސް.” ޝަހީމް ވިދާޅުވިއެވެ.

މި ފަހުން ވެސް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްދިން ކަދުރު ވެސް ގައްޒާއަށް ފޮނުވުމަށް ދިވެހިންގެ ގިނަ ބަޔަކު ގޮވާލަމުން ދިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ