އެމްޑީޕީއަށް ރައްޔިތުން ނޫނެކޭ ބުނެ އިތުރު ދައުރެއް ނުދީ ވެރިކަމުން ބޭލުމުން މިއަދު ނުކުމެ ހަމަމަގަށް އަޅުވާނަމޭ ކިޔާ ހަޅޭލެވިޔަސް އެކަން ރައްޔިތުން ޤަބޫލެއްނުކުރާނެ ކަމަށް އެމެއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާން ވިދާޅުވެއްޖެ އެވެ.
“އެކްސް”ގައި ލައްމާން ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީ ސަރުކާރުގެ ފުރިހަމަ ބާރާއި ރައްޔިތުން މަޖުލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ ފަސް އަހަރު ދުވަހު ރައްޔުތުންގެ ލާބައާއި މަންފާއަށް ކަމެއްކޮށްނުދީ އޭގެ ބަދަލުގައި މުޅި ދައުލަތް ފުނޑާލާ ސަރުކާރު ކުންފުނިތައް ދަރުވާލި ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެމްޑީޕީއަށް ރައްޔިތުން ނޫނެކޭ ބުނެ އިތުރު ދައުރެއް ނުދީ ވެރިކަމުން ބޭލުމުން މިއަދު ނުކުމެ ހަމަމަގަށް އަޅުވާނަމޭ ކިޔާ ހަޅޭލެވިޔަސް އެކަން ރައްޔިތުން ޤަބޫލެއްނުކުރާނެ ކަމަށް ލައްމާން ވިދާޅުވި އެވެ.
“ކޮންމެ ފަހަރަކު ވެރިކަން ލިބުނީމަ ޤައުމު ސޮއްސުވާލަނީ 20 އަހަރު ފަހަތަށް.” ލައްމާން ވިދާޅުވިއެވެ.
މީގެއިތުރުން ލައްމާން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެއްމެހާ ކަންކަން ކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށް ވިދާޅުވެފައެވެ.
އަދި މިކަންކަން ފަސޭހަކަމާއެކު މަޑުނުޖެހި ބާރު ސްޕީޑުގައި ކޮށްދެވޭނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށްވެސް ލައްމާން ވަނީ ވިދާޅުވެފައެވެ.
އަސްލު މީ ރަނގަޅު ވާހަކައެއް. ހަމަ ކޮންމެވެސް ކަންތައްގަނޑެއް ހިންގާލާފަ ނޫނީ ނުދާނެ. ސުޕަރ މެޖޯރިޓީ އޮވެ ގޯތި ދިނުންވެސް އެންމެ ފަހު ވަގުތަށް. ފްލެޓް ލިބޭ މީހުން ކަނޑައެޅުންވެސް އެންމެ ފަހުވަގުތަށް. އެންމެފަހުން ނުނިދާ ހޭލާ ތިބެ އެމީހުން ބޭނުންބަޔަކަށް އެގްރީމެންޓް ފޮނުވީވެސް. އެހެންވީމާ ހަމަ ބުނެވޭނީ ވަރަށް ހަމައެއް ލަމައެއްނެތި ވެރިކަންކުރަން އުޅޭބައެކޭ އެމް.ޑީ.ޕީ.އަކީ. ވެރިކަމާ މުޅި މަޖްލީސް ލިބުނީމާ ކަމެއް ނުކޮށްދިން ބަޔަކަށް މިހާރު މެޖީރިޓީ ލިބިއްޖީޔާ ރައިޔިތުންނަށް ބޭނުންވާ އެއްވެސް ޚިދުމަތެއް ދޭކަށް ފުރުޞަޠު ދޭނެހެން ހީއެއް ނުވޭ