- Advertisement -ad image

ފިޠުރު ޒަކާތް ބަލައިގަންނާނެ ސުންގަނޑިތައް އާއްމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފިއެވެ.

އާއްމުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު އެކި ޕްލެޓްފޯމްތަކުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އޭގެތެރޭގައި ހިމެނެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ޒަކާތު ހައުސްއިން މިހާރު ވަނީ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް އާއްމުކޮށްފައެވެ.
ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން ފިތުރު ޒަކާތް ބަލައިގަންނާނީ އޭޕްރީލް 6ވަނަ ދުވަހުގެ 23:59 ނިޔަލަށެވެ.
ބަނޑޭރިޕޭ އިން ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 ޖެހުމާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން ރަމަޟާންމަހުގެ ފަހު ދުވަހުގެ 14:00 ޖެހުމާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.

އަދި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން އޮންނާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 ހަމައަށެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ