- Advertisement -ad image

ފަންކާ ވަގު ކަމަށް ބެލެވޭ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ކުށުގެ ވެށިން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް މިހާރުވަނީ ހޯދާފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތުކުރެވޭ މީހާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ