- Advertisement -ad image

ރޭވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގާ ޒުވާނަކަށް އަނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދިގުވާގަނޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެން ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އެކްސިޑެންޓް ރިޕޯޓުކޮށްފައި ވަނީ ރޭ 23:45 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަނިޔާވި ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހޯމަ ދުވަހުގެ ރޭވެސް ފުވައްމުލަކުގައި ވަނީ މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓްގައި ވެސް ޒުވާނަަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ