- Advertisement -ad image

ފޭސް ތިނެއްގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރަހައްދުގައި އަޅައިފައިވާ އުޅަނދުތަށް ނެގުމަށް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން މިއަދު އަންގައިފިއެވެ.

އެކަން އަންގާ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ބިން ހިއްކަމުންދާ ސަރަހައްދުގެ ސައިޓް ބީގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތަށް މާދަމާ ރޭގެ ދަންވަރު 12:00ގެ ކުރިން ނެގުމަށެވެ.

ހަަމައެއާއެކު، ނެގޭ އުޅަނދުތަށް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެއިތުރުން، މި މަސައްކަތުގައި އާއްމު ރައްޔިތުންނާއި އުޅަނދުތަކުގެ ވެރިން ދޭ އެހީތެރިކަމަށް އެ ކޯޕަރޭޝަނުން ޝުުކުރުއަދާކޮށްފައިވެއެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާލެގެ ފޭސް ތިނެއްގެ ގޮތުގައި 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ