- Advertisement -ad image

ރައްޔިތުން އެންމެ ބޭނުންވާ ކަންކަން މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށިގެންދާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށިގެންދާނެކަމަށާއި އެގޮތުން ގެދޮރު އިމާރާތްކުރުން ފެށުމާއި، ލުއި ލޯން ދޫކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ބާރު ސްޕީޑުގައި މިހާރު ކުރަމުންދާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ބޮޗޭގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަ ފުޅުގައެވެ.
އެގޮތުން އެމްޑީޕީއަށް ސަރުކާރާއި މަޖިލީހުގެ ސުޕްމެޖޯރިޓީ އޮވެ، މާލެ ތަރައްޤީކުރަން ލިބުނު ރަނުގެ ފުރުޞަތު ދޫކޮށްލީ ކަމަށާއި މިދިޔަ 5 އަހަރު މާލެއަށް ކޮށްދިން ކަމެއް ފެންނަން ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިދިޔަ 5 އަހަރުގެ ތެރޭގައި މާލެއަށް ކަމެއް ކޮށްދެވުނީ އެމަނިކުފާނު މޭޔަރަކަށް ހުންނެވި މުއްދަތުގައި ސިޓީ ކައުންސިލުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަމަށްވެސް އޭރު ސަރުކާރުގެ އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

މާލޭގެ އިތުރުން ޖުމްލަކޮށް މުޅިރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވަނީ މިދިޔަ ރިޔާސީ އިންތިޚާބު ބޯމަތިވުމުން ސަރުކާރުން މާލެ ކައިރީ ނުހިއްކާއޮތް ފަޅަކުން ގޯތިދިން ނަމަވެސް އެއީ ރައްޔިތުންނަށް ހެޔޮއެދިގެން ކުރިކަމެއް ނޫންކަމަށެވެ.

ރައީސް ވަނީ މިދިޔަ 4 މަސްތެރޭ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެކިގޮތްގޮތަށް ކުރިމަތިކުރުވި ހުރަސްތައް ކުރިއަށްއޮތް މަޖިލީހުގެ ދައުރު ދީފިނަމަ ތަކުރާރުވާނެކަމަށާއި، އޭގެ ގެއްލުން ރައްޔިތުންނަށް އެތައްގޮތަކުން ކުރިމަތިވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ