- Advertisement -ad image

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަޝްފާން

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަހުމަދު އަޝްފާން އައްޔަންކޮށްފި އެވެ.

އިމިގްރޭޝަން އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް އަޝްފާން ހަމަޖެއްސިކަން ހާމަކޮށް މަރުހަބާ ކިޔާފައެވެ. 

އިމިގްރޭޝަންގެ ޕޯސްޓުގައި ވަނީ އަޝްފާން އެ އިދާރާގެ އޮފިސަރެއްގެ ގޮތުގައި 18 އަހަރު ހޭދަކޮށްފައިވާ ކަމަށާއި މުސްތަގްބަލުގައި އޭނާއަށް އިތުރު ކުރިއެރުމަށް އެދޭ ކަމަށެވެ.

އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެ އެވެ. އަޝްފާން ވެސް ވަނީ ކުރިން ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ބައެއް ކުލަބުތަކަށް ވެސް އޭނާ ކުޅެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ