- Advertisement -ad image

ގޮތްދޫކޮށް އައިމަން، ފަރޭ ފަހަތަށް އަރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


އަމިއްލަގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ އައިމަން މުހައްމަދު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކާމިޔާބުކުރެއްވި ސަރުކާރު ކެންޑިޑޭޓު ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދުކުރަން ނިންމައިފި އެވެ.
ކުޅުދުއްފުށީ އޮންލައިންގާ ބުނެފައިވާ ގޮތުން އައިމަން އާއި އޭނާގެ އެއްބަފާ ބޭބޭ ފަރޭއަކީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވި ދެ ބެއިންނެވެ. އައިމަންއަށް ޕްރައިމަރީ ނާކާމިޔާބުވީ 7 ވޯޓުންނެވެ. ޕްރައިމަރީން ބަލިވިނަމަވެސް ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންގެ ތާއިދާއެކު އައިމަން ނިންމީ އަމިއްލަގޮތުން ވާދަކުރެއްވުމަށެވެ. އެހެންވުމުން އެ ދާއިރާގެ ވޯޓް ބައިބައިވެ ސަރުކާރަށް އެ ގޮނޑި ނުލިބިދާނެކަމަށް އޮތީ ބެލެވިފަ އެވެ.
އެހެންކަމުން ސަރުކާރުން މަސައްކަތް ފެށީ ދެ ބެއިން އެއްގަލަކަށް އަރުވައިގެން އެއް ކެންޑިޑޭޓެއް ނެރެވޭތޯ އެވެ. ދާދިފަހުން ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު، ސްޕެޝަލް އެޑްވައިޒަރ ޓް ދަ ޕްރެޒިންޑެންޓް އަބުދުއްރަހީމް ކުޅުދުއްފުއްޓަށް ވަޑައިގެން ދެ ކެންޑިޑޭޓުންނާ ބައްދަލުކޮށް މި މަޝްވަރާކުރެއްވި އެވެ. އެކަމަކު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުންތަކުން މާ އެދެވޭ ނަތީޖާއެއް ލިބިފައިނުވެ އެވެ.
ނަމަވެސް އޭގެ ފަހުން މާލޭގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ވަކިގޮތެއް ނިންމިފައިވެ އެވެ. ކުޅުދުއްފުށީ އޮންލައިންއާ ވާހަކަދައްކަވަމުން އައިމަން ވިދާޅުވެފައިވަނީ ސަރުކާރަށް ގޮނޑި ލިބެން އޮތް ގޮތަކީ އެއް ކެންޑިޑޭޓެއް ނެރެގެން ކަމަށްވާތީ ފަރޭ ފަހަތަށް އަރަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ