ބ އޭދަފުށީގައި 1000 ހައުސިން ޔުނިޓުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ޢިއުލާންކުރެއްވީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާކެނޑިޑޭޓުގެ ކެމްޕޭން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބ. އަތޮޅުގަ ވެރިކަންކުރާ އޭދަފުއްޓަކީ ސަރުކާރުން އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރަން އިއުލާންކުރައްވާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ ރަށަކަށްވާއިރު އޭގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް އޭދަފުށީގައި ކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ،
ލަސްތަކެއް ނުވެ މިހާރުވެސް އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރައްވާ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެންދާނެކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހަޢްލުކުރުމަށް އޭދަފުށީގައި ތަރައްޤީކުރެވޭ ހައުސިންގ ޔުނިޓުތަކުގެ ސަބަބުން އެރަށުގެ އިތުރުން އެދާއިރާ އާއި ޖުމްލަކޮށް މުޅިއަތޮޅަށްވެސް އޭގެ އެދެވޭ ފައިދާކުރާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ގެދޮރުވެރިކުމުގެ މަޝްރޫޢުގެ އިތުރުން މުޙިއްމު އެހެންދާއިރާތަކުންވެސް އޭދަފުށި ދާއިރާއަށް ސަރުކާރުންވެފައިވާ މުހިއްމު ވަޢުދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް މަޖިލީހުން ހުއްދަތަކެއް ބޭނުންވާކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވިސްނުމުގެ މެންބަރުން އިޚްތިޔާރުކުރުން މުހިއްމީ އެސަބަބައްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭދަފުށީ ދާއިރާގެ ސަރުކާރުގެ ފުރިހަމަ ތާއީދު އޮތް ކެންޑިޑޭޓަކީ ސަލީމް ކަމަށާއި ވީހާވެސް ބޮޑު އަގުލަބިއްޔަތަކުން 20 ވަނަ މަޖިލީހުގެ އެ ގޮނޑިއަށް ސަލީމް އިންތިހާބު ކޮށްދެއްވުމަކީ އެމަނިކުފާނުގެ އިހުލާސްތެރި އެދުމެއް ކަމަށެވެ.