- Advertisement -ad image

މިފަދަ އަނިޔާވެރި އަމަލު ހިންގާފަރާތްތަކާއިމެދު އެއްމެ ހަރުކަށި ފިޔަވަޅު އަޅާނަން: އިހުސާން

ad image

ގުޅުންހުރި ލިޔުންތައް


ކުޑަކުދިންނަށް އަނިޔާ ކުރުންފަދަ އަމަލަުތައް މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަޤީންކުރާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރަސްދޫގައި މިސްކިތެއްތެރޭ ކުޑަކުއްޖަކަށް އަނިޔާކުރާ ވީީޑިއޯއެއް އާއްމުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ދެނެގަނެވި ފުލުހުންގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ.
މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
“ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުންވަނީ ދެނެގަނެވިފައި. މިމައްސަލާގައި ޤާނޫނީގޮތުން ދެންކުރަން ޖެހޭކަންކަން ފުލުހުންދަނީ ކުރަމުން. “ އިހުސާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ