- Advertisement -ad image

އީދު ދުވަހުގެ ހަވީރު 4 ކުން 6 ކަށް ވެހިކަލް ދުއްވުން މަނާ

ad image

ގުޅުންހުރި ލިޔުންތައް


ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ފިތުރު އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ވެހިކަލް ދުއްވުން މަނާވާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިންވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެއެވެ.

މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ރާވާފައިވާ އެހެން ބައެއް ހަރަކާތްތަކުގެ ތެރޭގައި އީދު ނަމާދަށްފަހު އެކުވެނި ޓްރެކްގައި ބާއްވާ އީދު ސައި ހިމެނެއެވެ. އަދި މިހަރަކާތްތަކުގެ ތެރޭގައި ފެން ކުޅުމާއި ބޮޑުމަސް މާލި އީދު ޕެރޭޑްގެ އިތުރުން ސްޓޭޖް ޝޯވްއާއެކު ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ