- Advertisement -ad image

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ޝައިހު ޢިއްޒައްދީން އައްޔަނުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ހައުސް މަޤާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން އައްޔަނުކުރައްވައިފިއެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީން މިމަޤާމަށް އައްޔަނުކުރެއްވީ މިރޭ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީންއަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އެކިއެކި މަޤާމްތައް ފުރައްވަމުން އަންނަ ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް ޢިއްޒައްދީން އެންމެ ފަހުން ފުރުއްވާފައިވަނީ މި އެވުޒާރާގެ މުސާޢިދު ވާޢިޒުގެ މަޤާމެވެ.

ފަޟީލަތުއްޝައިޚް ޢިއްޒުއްދީން މަތީތަޢުލީމް ޙާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް
ޔުނިވަރސިޓީއިންނެވެ. އަދި މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީން ވަނީ 2016 ވަނަ އަހަރު މާސްޓަރ އޮފް ޝަރީޢާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ‘ދިވެހިރާއްޖޭގެ ޒަކާތު ހައުސް’ އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ ‘ދިވެހިރާއްޖޭގެ ޒަކާތު ހައުސް’ އިފްތިތާހްކޮށްދެއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ