ފިޠުރު ޢީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ހިނިތުންވުމާއެކު ބައްދަލުކޮށް، ސަލާންގަލާންކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާނުލުމަށް ހުތުބާގައި ގޮވާލައިފި އެވެ.
ފިތުރު ޢީދު ނަމާދުގެ ހުތުބާގައި ވަނީ ފާއިތުވެގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް، ފަލަސްތީނުގެ ރައްޔިތުން އުޅެމުން ދިޔަ ނިކަމެތި ޙާލުގެ މަތިން ހަނދާން އާކޮށްދީފައެވެ. އަދި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަކީ، އަހަރެމެންގެ ހަށިގަނޑުގެ އެއްބައިކަމަށާއި، އެމީހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކީ، އަހަރެމެންނަށް ލިބޭ ނިކަމެތިކަމެއް ކަމަށާއި، އަދި އެމީހުންނަށް ލިބޭ ކޮންމެ ޢިއްޒަތަކީ އަހަރެމެންނަށްވެސް ލިބޭ ޢިއްޒަތެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
“ލޮބުވެތި އަޚުންނާއި އުޚުތުން އެދަނީ، މާތްވެގެންވާ އަލްމަސްޖިދުލް އަޤްޞާއާއި، އެ ބަރަކާތްތެރި ފަސްގަނޑުގެ ދިފާޢުގައި ޖިހާދު ކުރަމުންނެވެ. ފާއިތުވެގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް، އެމީހުން އުޅެމުންދިޔައީ ނުހަނު ނިކަމެތި ޙާލުގައެވެ. ރޯދަ ވީއްލުމަށާއި، ހާރުކެއުމަށް، ކާނެ އެއްޗެއް ބޯނެ އެއްޗެއް، ލިބިގެން ނުވާ ޙާލުގައެވެ. އެމީހުން ރޭ އަޅުކަން ކުރަމުން ދިޔައީ، ޞިހްޔޫނީންގެ އަނިޔާވެރި ޙަމަލާތަކުން ސުންނާފަތިކޮށްފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައެވެ. މިޙާލަތުގައިވެސް އެ އަޚުންނާއި އުޚްތުންގެ ކިބައިން ފެނިގެން ދިޔައީ ﷲ ގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާފަދަ ވަރުގަދަ އީމާން ކަމެކެވެ. މިއީ އެކަންކަމުން އަހަރެމެން ޢިބުރަތް ލިބިގަންނަންވީ ކަންކަމެވެ.” – ހުތުބާ
މީގެއިތުރުން ހުތުބާގައި ވަނީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ނަޞްރުދެއްވުން އެދި ދުޢާ ކުރުމަށާއި އަދި ޤާބިލިއްޔަތު ތަންދިން މިންވަރަކުން، އެމީހުންނަށް އެހީގެ އަތް ދިއްކޮށްލުމުގައި ފަސްނުޖެހުމަށް ގޮވާލާފައެވެ.
“މި މަތިވެރި ޢީދު ދުވަހުގައި، ﷲ އަށާއި އެކަލާނގެ ދީނަށާއި، އެ ދީނުގެ އަހުލުވެރިންނަށް، ނަޞްރުދޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ!” – ޙުތުބާ
މިއަދުގެ ޙުތުބާގައި ވަނީ މި މަތިވެރި ފިޠުރު ޢީދު ދުވަހުގައި، ރަމަޟާން މަހުގެ މަތިވެރި ރޯދައިގެ އަޅުކަން ފުރިހަމަކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި، ﷲ އަށް ޙަމްދުކުރުމަށްވެސް އެދިފައެވެ. އަދި މަތިވެރި ފިޠުރު ޢީދު ދުވަހުގައި، ރަމަޟާން މަހުގެ މަތިވެރި ރޯދައިގެ އަޅުކަން ފުރިހަމަކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި، ﷲ އަށް ޙަމްދުކުރުމަށްވެސް ގޮވާލާފައިވެއެވެ.
“
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﮋ ﯟ ﯠ ﯡ ﯢ ﯣ ﯤ ﯥ ﯦ ﯧ ﮊ[1] މާނައީ: “(މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عَدَدُ ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް تَكْبِيْرُ ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شُكُرُ ވެރި ވުމަށްޓަކައެވެ”. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلّٰهِ الْـحَمْدُ. [1] البقرة: ١٨٥
މީގެއިތުރުން ޙުތުބާގައި ވަނީ ޒަކާތް ދިނުމާއި ސުންނަތް ރޯދަތައް، ހާއްސަކޮށް ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދިނުމަށް ހިތްވަރުދީފައެވެ.
އަދި ޢީދުދުވަހު އުފާފާޅުކުރުމުގައި ހައްދުފަހަނައަޅާ ނުދިއުމަށްވެސް ޙުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.