މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އެގޮތުން އެ ސާރވިސް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާގެ ހެޑް އޮފީހާއި ޖަލުތަކުގައި މަސައްކަތް ކުރުމަށް 180 އޮފިސަރަކު ނެގުމަށް ބޭނުންވާކަމަށާއި އެމަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 26 ވަނަ ދުވަސް ކަމަށެވެ. މިމަގާމަށް އަސާސީ މުސާރައިގެ ގޮތުގައި ހަހާސް ފަންސާސް ރުފިޔާ ލިބޭއިރު އިތުރު އެލަވަންސްތަކާއެކު ޖުމުލަ 15،072 ރުފިޔާ ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ.
ކަރެކްޝަނުން ވަނީ ވަޒީފާއަށް ޝަކުގުވެރިވާ ފަރާތްތަކުން އެ ހިދުމަތުގެ އީމެއިލް [email protected] ވަޒީފާއަށް އެދޭ ފޯމާއި އެކު އެހެނިހެން ލިއެކިއުންތައް ހުށަހެޅުމަށް އެދިފައެވެ.
މި މަގާމުގެ ޝަރުތުތަކުގެ ތެެރޭގައި ހިމެނެނީ، ސާނަވީ އިމްތިހާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން “ޑީ” ފާސް އަދި އިސްލާމާއި ދިވެހިން މަދުވެގެން “ސީ” ފާސް ލިބުން، ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށް ވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމެވެެ. .