- Advertisement -ad image

މާޅޮހުގައި ކަރަންޓްގެ ހިދުމަތް އިތުރަށް ފުޅާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އއ މާޅޮހުގައި ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އަދި ބައެއް އިސްވެރިން ބުދަ ދުވަހު ވަނީ އއ. މާޅޮހަަށް ވަޑައިގެން އިންޖީނުގެ ބައްލަވާލައްވާ، އެރަށުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަނީ އެ ރަށުގައި މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި ޚިދުމަތް ދިނުމުގައި މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން އެ މުވައްޒަފުންނާއި މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ސްޓެލްކޯގެ އިސްވެރިން ވަނީ ބުދަ ދުވަހު އއ ފެރިދޫއަށް ވެސް ވަޑައިގެންފައެވެ.
އއ. ފެރިދޫއަށް ވަޑައިގެން އެރަށުގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، އެ ރަށުގައި މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި ޚިދުމަތް ދިނުމުގައި މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ