- Advertisement -ad image

ޑޮލަރުގެ އަގުދަށަށް ދިޔައީ ރައީސްގެ ލީޑަރޝިޕާއި ވިސްނުންތެރިކަމާއެކު މެނޭޖްކުރުމުން: ސައީދު

ad image

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ އަގު ބޮޑުތަނުން ދަށަށް ދޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕާއި ވިސްނުންތެރިކަމާއެކު މެނޭޖްކުރުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކުރުމާއި، ދުނިޔޭގެ މާލީ ބާޒާރުތައް ހަރުކަށިކުރުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ޑޮލަރުގެ އަގު ދަށްކުރެވިފައި މިވަނީ ރައީސްގެ އިޤްތިޞާދުގެ ހަރުދަނާ ލީޑަރޝިޕް އަދި ވިސްނުންތެރިކަމުގެ ސަބަބުން ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައ މިހާރު ޑޮލަރުގެ އަގު މިޙާރު ހުރީ 15.40ރ. ގައެވެ. ކުރިން 15.42ރ. ގައި ހުރި މި އަގުން 20 ލާރި ކުޑަވެފައި ވަނީ މާޗް މަސް ތެރޭގައެވެ. މި ދަށްވުމާއެކު މަގު މަތިން ވިއްކާ ޑޮލަރުގެ އަގުވަނީ 17.25ރ. އަށް ދަށްވެފައެވެ.

މިނިސްޓަރ ސައީދު މީގެކުރިންވެސް ވަނީ މިއަހަރު ތެރޭގައި ޑޮލަރުގެ “އެކްސްޗޭންޖް ރޭޓު” ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ