- Advertisement -ad image

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނޭ ކަމެއްނޫން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި، ވީޑިއޯކޮށް ފަޟީހަތްކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ، އިމްރާން އަބްދުﷲގެ ކާރުކޮޅުގައި އާންމުންގެ މީހަކު ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހުމުން، އެފަހުން ހިނގައިދިޔަ ބައެއް ކަންތައްތައް ވީޑިއޯކޮށް ބަޔަކު މީހުން މީސްމީޑިއާގައި ދައުރުކުރަން ފެށުމުންނެވެ.

އެކަމުގެ ތެރެއަށް ޕީއެންސީގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފް ވަދެވަޑައިގެން، ޕިކަޕު ޑްރައިވަރަށް މައާފުކޮށްދިނުމަށް މިނިސްޓަރު އިމްރާންގެ ކިބައިން އެދިވަޑައިގަންނަވާތަން ވީޑިއޯއިން ފެނެއެވ.ެ  އެއާއެކު، އިންތިހާބީ މެމްބަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެކަމާއި ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.

އަދި ކުށެއް ކޮށްފި ނަމަ އެ މީހަކާ މެދު އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ވެސް އެޅޭ ހުރަހަކަށް ނޫނީ ނުވާނެކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ