- Advertisement -ad image

ނާސިން ދަރިވަރަކަށް ފުލުހަކު ބްލެކް މެއިލްކުރާ ކަމަށް ބުނާ މައްސަލަ ބެލުމުގެ މަސައްކަތް ދަނީ ކުރަމުން: ޝިފާން

ad image

ގުޅުންހުރި ލިޔުންތައް

ވިލާ ކޮލެޖުގައި ނާސިން ކިޔަވަމުން އަންނަ ދަރިވަރަކަށް ފުލުހަކު ބްލެކް މެއިލްކުރާ ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މައްސަލަ އާއި ގުޅޭ މަޢުލޫމާތު ޔަޤީންކޮށް އެކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިޔާގައި ޑރ މުހައްމަދު އާތިފް ކުރި ޕޯސްޓެއްގައި ވަނީ ފުލުހުންގެ އިންސްޕެކްޓަރު އިސްމާއީލް ރަމީޒު އިބްރާހީމް، ވިލާ ކޮލެޖުގައި ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށް ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާއި ގުޅިގެން ޝިފާން ވަނީ އެކްސްގައި މި ޕޯސްޓް ރިޓްވީޓް ކުރައްވާ  ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަހުގީގުކުރާ ‘ބަހާއިން’ އެ މައުލޫމާތު ޔަގީންކޮށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އަދި ފުލުހަކާއި މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށް އެކަން ހައްލު ކުރަން މަސައްކަތް ކުރުމަށްވެސް ޝިފާން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ