- Advertisement -ad image

އޭސީސީގެ ރިޕޯޓު ބޮލާލާ ޖަހާފައި ފްލެޓްތައް ނުދޭނެ: ހީނާ

ad image

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓު ބޮލާލާޖަހާފައި ފްލެޓްތައް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހީނާ ވަނީ ފްލެޓްތައް ދޫކޮށްފައި ހުރި ގޮތާއި ގުޅޭގޮތުން އޭސީސީގެ ރިޕޯޓެއް އޮތްއިރު، އޭގައި ވަރަށް ކަންބޮޑުވާ ކަންތައްތައް އެބަހުރި ކަމަށާއި، އަދި އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުުންވާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަދި ހުރިހާ ކަންބޮޑުންތަކެއް އޭސީސީގެ ރިޕޯޓްގައި ހާމަކޮށްފައިވަނިކޮށް، އެ ރިޕޯޓާއި ބޮލާލާ ޖަހާ އެހެން ގޮތަކަށް ނިންމުމަކީ، އެއީ ފްލެޓު ނުލިބި ތިބި ފަރާތްތަކުގެވެސް އަދި ފްލެޓް ލިބިފައި ތިބި ބައެއްގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއްގެ ގޮތުގައި ހީނާ ވަނީ ސިފަ ކުރައްވާފައެވެ.

އެހެންކަމުުން ސަރުކާރުން މަސައްކަތް ކުރާނީ އިސްސާފުވެރިކަމާއެކު، އެންމެ ރަނގަޅު ގޮތަށް އެ މައްސަލަ ހައްލު ކުރުމަށް ކަމަށް ހީނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތަކާ ގުޅިގެން އާންމުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 29 މެންބަރުންގެ އިއްތިފާގުންނެވެ. އެ ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނެތެވެ.

އެ ރިޕޯޓުގައި ވަނީ ލިސްޓަށް އުނިއިތުރެއް ނުގެނެސް ފްލެޓް ދިނުމުގެ އިތުރުން ލަސްނުކޮށް ފުލެޓު ހަވާލުކުރުމަށް ގޮވައިލައިފައެވެ.

ފުލެޓު މައްސަލާގައި ފުލެޓު ދޫކުރުން މަޑުޖައްސަލާފައިވަނީ، ލިސްޓުގެ ސައްހަކަން ބެލުމަށް އޭސީސީގެ ތަހުގީގަށެވެ. އެ މައްސަލައިގެ ތަހުގީގަށް ފަހު ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތުހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ