- Advertisement -ad image

ޑޮކްޓަރުންގެ ފޮޓޯ އާންމުންކޮށް، ޒިންމާތަކަށް ހުރަަސް އަޅާނަމަ ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

ad image

ގުޅުންހުރި ލިޔުންތައް

ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް، އެ ފަރާތްތަކުގެ ޒިންމާއަށް ހުރަސްއެޅޭފަދަ އަމަލުތައް ކުށްވެރިކޮށް، އެފަދަ އަމަލުތައް ކުރާނަމަ ފިޔަވަޅުއަޅާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެން ނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފަށް ވާހަކަތައް ދެކެވެމުން ދާތީ ހިތާމަކުރާ ކަމަށެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ބަލިމީހާގެ ފަރުވާއާއި ގުޅޭ މައުލޫމާތަކީ އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި އާންމުކުރާނެ މައުލޫމާތެއް ނޫން ކަމަށާއި، އަދި ބޭސް ދިނުމާއި ފަރުވާއާއި ގުޅިގެން ބަލިމީހާގެ އާއިލާއާއި މަޝްވަރާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ވަނީ ފަރުވާ ދޭއިރު ހިތްހަމަ ނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުން ފިލުވޭނެ އިންތިޒާމުތަކާއި އަދި އެއަށްފަހު ވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެ ކަމަށް ބުނެފައެވެ.

“ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަން،”

އެ ހޮސްޕިޓަލުގައި ވިހޭ ތުއްތު ކުއްޖަކަށް އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ކުއްޖާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، ކުއްޖާގެ ގައިގައި އިންފެކްޝަން ނެތިސް އެންޓިބިއޮޓިކްސް ދޭން އުޅުން ކަމަށް ބުނެ ތުހުމަތު ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ