- Advertisement -ad image

ގާފަރު ފަޅުގައި ރިސޯޓް ހަދަން 16 ރަށް ހިއްކަނީ

ad image

ގުޅުންހުރި ލިޔުންތައް

ކ. ގާފަރު ފަޅުގައި ޕްރައިވެޓް އައިލެންޑާއި ލަގްޒަރީ ރިސޯޓް ތަރައްގީކޮށް، ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް 16 ރަށެއް ހިއްކަން ނިންމައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން އެ މަސައްކަތް ފަށައިފި އެވެ.

ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއު އެމްއެފްއެމްސީއިން ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެމްއެފްއެމްސީ އިން ބުނީ، މި އެއްބަސްވުމުގެ ދަށުން ކ. ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީ ކުރުމަށް ޖުމްލަ 16 ރަށް ހިއްކަން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކ. ގާފަރަށް 40 ހެކްޓަރު އިތުރު ކުރަން ބިން ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެ ކޯޕަރޭޝަން އިން ބުނެއެވެ.

އެމްއެފްއެމްސީއިން ބުނީ 35.6 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަށް ދާނީ މިވަގުތު ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދާ ވަރަށް ވުރެ ކުޑަ ހަރަދެއް ކަމަށެވެ.

“ހިއްކުމުގެ މަސައްކަތަށް 3،747،792 އުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫ.އެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވެއެވެ.” ބަޔާނުގައި ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ އިރު، ކ. އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅަކުން ގިނަ ރައްތަކެއް ހިއްކަން ނިންމި މިއީ ފުރަތަމަ ފަހަރު ވެސް މެއެވެ.

ކ. ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީއަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަ ޕްލޭން ނިމިފައިވާއިރު، މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކާނެ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ މަޝްރޫއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ