- Advertisement -ad image

ހުކުރު ދުވަހު ސްޓެލްކޯގެ މާލޭ އިންޖީނުގެ ކުޑަކުދިންނަށް ދައްކާލަނީ

ad image

ގުޅުންހުރި ލިޔުންތައް

މާދަމާ ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ސްޓެލްކޯގެ މާލޭ އިންޖީނުގެ ކުޑަކުދިންނަށް ދައްކާލުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ސްޓެލްކޯއިން ބާއްވާ މި ޙާއްސަ ހަރަކާތުގެ މަގްސަދަކީ ންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތު ހޯދައިދިނުންކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އަދި މި ހަރަކާތުގެ ތެރެއިން ހަދިޔާ ބެހުމާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މާދަމާގެ ހެނދުނު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 އަށް ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ