ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.
މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލްގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންގެ އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ޤައުމީ ޔުނިވަސިޓީން އިޢުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި ދެ މަޝްރޫއަކީ ވެސް ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ
މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނީ ޔުނިވަސިޓީން ދޭ ޑިޒައިނާ އެއްގޮތަށެވެ. އަދި ސްކޫލް އޮފް ނާސިން އާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައި ވަނީ ޑިޒައިންނާއި ބިލްޑް އުޞޫލުގެ ދަށުންނެވެ.
މި ދެ މަޝްރޫޢުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 24 އާ ހަމައަޑް ވަނީ ހުޅުވާލައިފަ އެވެ.
މެޑިކަލް ސުކޫލަކީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ ތަނެކެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްގީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއް ގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާ އެކުއެވެ.
މި ދެ އިމާރާތްވެސް ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާއިރު، ހުޅުމާލެއިން 5،700 އަކަމީޓަރުގެ ސަރަހައްދެއް ވަނީ އެކަމަށް ހަމަޖައްސައިފައެވެ.
ހުޅުމާލޭގެ 69912.28 އަކަ މީޓަރުގެ ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތެއްގައި ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންއަށް ވަކިވަކިން އިމާރާތެއް ޚާއްސަކުރުމަށް ހަމަޖެހިފައި ވެއެވެ.



