- Advertisement -ad image

ފެންފުށި އިންޖީނުގޭގެ ޕެނަލްބޯޑު ސްޓެލްކޯއިން އަޕްގްރޭޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އދ. ފެންފުށިން ކަރަންޓު ކެނޑުމުގެ މައްސަލަ ޙައްލުކުރުމަށް، ސްޓެލްކޯއިން، އެ ރަށު އިންޖީނުގޭގެ ޕެނަލް ބޯޑު އަޕްގްރޭޑްކޮށްފިއެވެ.
މިއަދު ސްޓެލްކޯއިން ހާމަކުރި ގޮތުގައި އދ. ފެންފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް، އިންޖީނުގޭގެ ޕެނަލް ބޯޑު އަޕްގްރޭޑްކޮށް މިހާރު ވަނީ ބޭނުން ކުރަންފަށާފައެވެ.
އަދި، މިއާއެކު، ފެންފުށީގައި ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވި، އެކަމުގެ ފަސޭހަތައް ފެންފުށީ ރައްޔިތުންނަށް ލިބެމުން ދާނެއެވެ.
ކަރަންޓުގެ މައްސަލަ ދިމާވާ ރަށްރަށަށް އެ މައްސަލަ ޙައްލުކޮށްދިނުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯއިން ދަނީ ގިނަ ރަށްތަކަކަށް އައު ޖަނަރޭޓަރު ހޯދައިދީ، ޓްރާންސްފޯމަރ ސަބްސްޓޭޝަންތައް ޤާއިމުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ