Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ގްރޭޓަރ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތައް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވީއައިއޭގެ ޓެކްސީ ކިއުގައި ތިބޭ މީހުންނާއި ޓެކްސީ ޑްރައިވަރުން ހިތުހުރި ގޮތަކަށް އަމަލުކުރުމާއި، ޑްރައިވަރުން ބޭނުންވާ އަގެއް ނެގުމާއި، ދަތުރެއްގެ މަތީގައި އިތުރު ޕަސެންޖަރުން ނެގުން ފުލުހުން މެދުވެރިކޮށް ހައްލުކުރަން ނިންމާފަ އެވެ.

ޓްރާންސްޕޯޓުން ވަނީ މި އަގުތަކަށް އަމަލު ކުރަން ފަށާނީ 20 މޭ 2024 ވާ ހޯމަ ދުވަހުން ފެށިގެންކަމަށް ބުނެފައެވެ.

މިނިސްޓްރީން ވަނީ 6 ސީޓް އަށްވުރެ ދަށުގެ އުޅަނދާއި، 10-7 ސީޓް ދެމެދުގެ އުޅަނދަށް ވަކިން ހާއްސަ އަގުތަކެއް ކަނޑައަޅާފައެވެ. މީގެއިތުރުން ޑޮމެސްޓިކް ޓާމިނަލްއަށް ކުރެވޭ ދަތުރުތަކުން، އެއަރޕޯޓް އަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް ފީއެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މާލެ އާއި ހުޅުމާލެ ފިޔަވަހި އެކެއް އަދި ފިޔަވަހި ދޭއްގެ އެތެރޭގެ ދަތުރަކަށް ނަގަމުން ގެންދާނީ 30 ރުފިޔާ އެވެ. މާލެ އިން ހުޅުމާލެ ފިޔަވަހި އެކަކަށް އަދި ހުޅުމާލެ ފިޔަވަހި އެކަކުން މާލެ އަށް ދަތުރެއް ކޮށްދޭނީ 85 ރުފިޔާ އަށެވެ.

މާލެ އިން ހުޅުމާލެ ފިޔަވަހި ދެއަކަށް އަދި ހުޅުމާލެ ފިޔަވަހި ދެއަކުން މާލެއަށް ދަތުރެއް ކޮށްދޭނީ 100 ރުފިޔާއަށެވެ. މާލެ އިން ހުޅުލެއަށް އަދި ހުޅުލެއިން މާލެ އަށް ދަތުރެއް ކޮށްދޭނީ 70 ރުފިޔާއަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ހުޅުމާލެ ފިޔަވަހި ދެއަކުން ހުޅުލެއަށް އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި ދެއަކަށް ދަތުރެއް ކޮށް ދޭނީ 85 ރުފިޔާއަށެވެ. ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުމާލެ ފިޔަވަހި ދެއަކަށް އަދި ހުޅުމާލެ ފިޔަވަހި ދެއަކުން ހުޅުމާލެ ފިޔަވަހި އެކަކަށް 40 ރުފިޔާއަށެވެ.

އަދި ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިޢާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެހެންމެ، ކަނޑައަޅާފައިވާ އައު އަގުތަކަށް ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރޭތޯ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ޓްރާންސްޕޯޓުން ބަލާނެކަމަށާއި، އެއާޕޯޓާއި ގުޅިގެން ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭފަދައިން އެއާޕޯޓުގައި ބޯޑު ހަރުކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކީއްވެތަ އަބަދު ޓެކްސީ ވާހަކަ ދައްކަނީ ޕިކަޕް ޑްރައިވަރިންވެސް އެމީހުން ހިތައްއެރި އަގެއް ނަގަމުން ދަނީ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ