“އައި.ވީ.އެފް” ފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ކުރި އިއުލާނެއްގައި ބުނީ”އައިވީއެފް” ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައިގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެންސްޕާއިން ވިދާޅުވީ 15 މޭ ގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން “‘އައި.ޔޫ.އައި” އަދި “އައި.ވީ.އެފް” ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު” ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް މި އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސާދެވޭނެކަމަށެވެ.
“އައިވީއެފް” ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް އެންސްޕާ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv) ،(aasandha.mv)) މެދުވެރިކޮށް ލިބެން ހުންނާނެކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށް ކަމަށާއި، އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 ނަންބަރަށް ވައިބަރ ކުރެވޭނެކަަމަށް ވެސް އެެންސްޕާއިން ބުނެފައި ވެއެވެ.
އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ޚިދުމަތް ދިނުމާ ބެހޭ އުޞޫލެއް އެކުލަވާލައި މިދިޔަ ފެބްރުއަރީ މަހު ވަނީ ޢާންމުކޮށްފައެވެ.