Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމު: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޤައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން އެ މަނިކުފާނު ކުރެއްވި ޕޯސްޓްގައި ވަނީ ޤައުމީ ލޯތްބާއި، ޤައުމީ ޚިދުމަތާއި، ޤައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ޤައުމުގެ ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހަކީ ޢާއިލާތަކުގެ މުހިންމުކަމާއި މުޖުތަމަޢުގައި ޢާއިލާތަކުގެ ދައުރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް މެއި މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

އދއިން 1994 ވަނަ އަހަރު ގަރާރެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރަން ފާސްކުރީ އާއިލާތަކުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައި، އެއްބައިވަންތަކަމުގެ އަސާސްތައް ކުރިއެރުވުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއިލީ ޔުނިޓްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ދައްކާލުމަށެވެ.

2024 ވަނަ އަހަރު ފާހަގަކުރަމުން މިދަނީ ބައިނަލްއަޤްވާމީ ޢާއިލީ ދުވަހުގެ 30 ވަނަ އަހަރީ ދުވަހެވެ. އެހެންކަމުން މިދުވަހުގެ އަސްލާއި، މުހިންމުކަމާއި ގުޅޭގޮތުން އެނގުމަކީ މުހިއްމު ކަމެކެވެ.

ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަހަރުގެ މެއި މަހުގެ 15 ވާ ބުދަ ދުވަސް އ.ދ.އިން ހާއްސަކޮށްފައިވަނީ “ޢާއިލާތަކާއި މޫސުމަށް އަންނަ ބަދަލުތައް” މި ޝިޢާރުގެ މައްޗަށެވެ.

އަދ. އިން ވަނީ މި ދުވަހުގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާއިލާތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، އެ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ބާރުއެޅުން ކަމަށް ބުނެފައެވެ. އަދި ތަޢުލީމާއި، މަޢުލޫމާތު ހޯދުމާއި، ތަމްރީނާއި، މުޖުތަމަޢުގެ ބައިވެރިވުން ފޯރުކޮށްދީ، މޫސުމަށް އަންނަ ބަދަލުތަކުގައި ޢާއިލީ އަދި މުޖުތަމަޢުގެ އިސްނެގުމުގެ ދައުރު ވަރަށް ބޮޑުކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

1983 ވަނަ އަހަރު އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލާއި ކޮމިޝަން ފޮރ ސޯޝަލް ޑިވެލޮޕްމަންޓުން ލަފާދީފައިވަނީ ޢާއިލީ ކަންކަމަށް އދ. އިޤްތިޞާދީ އަދި އިޖްތިމާޢީ އޮނިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢާއިލީ ޔުނިޓްތަކަށް އަސަރުކުރަމުންދާ ކަމަށެވެ. އެހެންކަމުން 1993 ވަނަ އަހަރު ރަސްމީކޮށް މެއި މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައި ކަނޑައެޅިއެވެ.

މި ދުވަހުގެ މަޤްޞަދަކީ ޢާއިލީ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޢާއިލާތަކަށް އަސަރުކުރާ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޑިމޮގްރަފިކް ޕްރޮސެސްތަކުގެ މަޢުލޫމާތު އިތުރުކުރުމާއި، ހުރިހާ ބާވަތެއްގެ ޢާއިލާތަކުގެ ތަފާތުކަން ޤަބޫލުކޮށް، އިންކްލޫސިވިޓީ ކުރިއެރުވުމެވެ. އަދި ގާތްތިމާގެ މީހުންނާ އެކު ހަރުދަނާ ގުޅުމެއް ބާއްވައި، އެކަމުގެ ސަބަބުން ފަރުދީ އާއިލާތަކަށާއި މުޅި މުޖުތަމައުއަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ބާރު އެޅުމަށް ފުރުސަތު ލިބެއެވެ.

އާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް މި ސަރުކާރުން ވެސް ގެންދަނީ ޙާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާއިލާތަކުގެ ހާލަތު ބެލުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ “ހާލު ކިހިނެއް؟”ގެ ނަމުގައި ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ