މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރިމާގެ، އުމުރުން 30 އަހަރުގެ އަޙުމަދު އައިމަން، ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އަހުމަދު އައިމަން މަރުވެފައި އޮއްވާ ފެނުނީ މ.ރަބީއުވިލާއިން ކަމަށެވެ.
މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 2:30 އެހާކަށް ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަހުމަދު އައިމަން ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން އޭނާ ހޯދުމަށް އިއްޔެ އިއުލާން ވެސް ކުރިއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 16 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ދިރިއުޅުނު ގެއިންނެވެ.




ބެލެވޭ ގޮތުން މަރުވެގެން ވެއްޓިފައިވަނީ ބާރުގަދަ މަސްތުވާ އެއްޗެއް ބޮއެގެންބާ / މީހަކު / ބަޔަކު މަރާލީބާ؟؟ ބްލަޑް ޓެސްޓުކޮށް ބޮއެ އެއްޗެއް ހޯދާ.. ފުޓޭޖުތައް ބެލީމަ ލައްކަ ބޮޑު އެއްޗެހި އެނގޭނެ.. ފޯނުން ލައްކަ މަޢުލޫމާތު ލިބޭނެ. ޅައުމުރު ނޫކަށި ފުރާގެ ޒުވާނެއްގެ ފުރާނަ ދިޔަ ގޮތް ހޯދަން މަސައްކަތް އިތުރު ކުރަންޖެހޭ..
ﷲ މަައްޔިތާގެ ފާފަ ފުއްސަވާ، ކައްވަޅުގެ ފިތުނައިން ސަލާމަތް ކުރައްވާށި.. އާމީން