1445ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަނުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން، ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މިޝަނުން ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި ހިމެނެނީ 7 ބޭފުޅުންނެވެ. އޭގެތެރޭގައި ޑޮކްޓަރަކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ހިމެނޭ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ޙައްޖު މިޝަންގައި މިއަހަރު ހިމެނިވަޑައިގަންނަވަނީ:-
އުސާމް މުޙައްމަދު
މުޙައްމަދު ޝަކީލް
ޑރ. އަޙްމަދު އަސްލަމް
މުޙައްމަދު ރަމީޒް
އަޙްމަދު ޢަދީލް
ޢަބްދުލް ޢަޒީޒު އިސްމާޢީލް
ޖަންނަތު ސަޢީދު
ޒަމްޢަތު އަޙްމަދު ވަޙީދު
އިބްރާހީމް އަކްމަލް
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން 1000 މީހުން ދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިން ހާމަކޮށްފައިވެއެވެ.