މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން ދާދި ދެންމެއަކު ޕީސީބީއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، ކުޑީ މަޤާމުން ވަކި ކުރީ ކޮން ސަބަބަކާއި ހުރެ ކަމެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމަށް ކުޑީ އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
ފާތިމަތު ތައުފީގު އެ މަގާމުން ވަކިކޮށްފައިވާއިރު އެމްއެމްޕީއާރްސީގެ ޗެއާމަން އައިޝާ ނޫރައިން ޖަނާހު އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މެމްބަރު ރާފިލް މުހައްމަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.



