އެޗު.ޑީ.ސީ ގެ ޗެއަރމަން އަހުމަދު ޒުހޫރު އެމަޤާމުންނާއި އެޗު.ޑީ.ސީގެ ބޯޑުގެ ޑިރެކްޓަރު ކަމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން ދާދި ދެންމެއަކު ޕީސީބީއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، ޒުހޫރު މަޤާމުން ވަކި ކުރީ ކޮން ސަބަބަކާއި ހުރެ ކަމެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ ކުރު މުއްދަތެއްގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި އަދި ރައީސް އޮފީހުގެ މިނިސްޓަރު ކަން ކުރައްވާފަ އެވެ. މީގެއިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.