test
- Advertisement -ad image

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ގަސް އިންދަނީ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގުމަށް ނިންމައިފި އެވެ.

މިކަން ހާމަކޮށް “އެކްސް” ކުރެއްވި ޓްވީޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ ގަސް އިންދުމުގެ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕ28ް ސަމިޓުގައި އިޢުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ޙަރަކާތެއް ކަމަށެވެ.

އަދި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެތީ، އެ ހަރަކާތުގައި ސްޓެލްކޯގެ ހުރިހާ މުވައްޒިފުންގެ ބައިވެރިވުން މުހިންމުކަމަށް ދެކިލައްވާކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމު ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މި ޕްރޮގުރާމުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ގަސް އިންދާނެއެވެ.

މީގެ ކުރިން ސަރުކާރުން ވިދާޅުވެފައިވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ