ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އާއިޝަތު ޒޯޔާ ފިކުރީ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ފެނުނުއިރު އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ. ތ.މަޑިފުށީ އައިޝަތު ޒޯޔާ ފިކުރީ ގެއްލިގެން ހޯދަމުން އަންނަކަން ހޮނިހިރު ދުވަހު އިޢުލާނުކުރަމުން ފުލުހުން ބުނެފައިވަނީ އޭނާ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭގެ ވަގުތެއްގައި މި ކުއްޖާ ފެނިފައިވަނީ މާލެއިންނެވެ.



