test
- Advertisement -ad image

މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ ދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މިނިސްޓަރު ޝިޔާމު ވިދާޅުވީ މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 23 އިން ފެށިގެން މިއަދާއި ހަމައަށް މަސްވެރިންނަށް ދޭންޖެހޭ 62 މިލިއަން ރުފިޔާ ނުދެވި އެބައޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިންނަށް މި ސަރުކާރުން 881 މިލިއަން ރުފިޔާ ދޫކުރި އިރު، މަސް ނިމޭއިރު މިފްކޯއަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ޝިޔާމް ވިދާލުވިއެވެ. އުއްމީދު ކުރަނީ މި ފައިސާ ވީހާވެސް އަވަހަށް މަސްވެރިންނަށް ދައްކާ ހަލާސް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވަނީ މިފްކޯ އިން ކުރާ ހަރަދުތައް ކުޑަކޮށްގެން ނޫނީ މަސްވެރިންނަށް ފައިސާ ދޭން ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުލަތުގެ ހަރަދުކުޑަކޮށްގެން، ދައްކަންޖެހޭ ބިލުތައް ދެއްކުމަށް ފިނޭންސް މިނިސްޓަރު ވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އޮތެވެ. މި އަދަު އިތުރުވެފައި ވަނީ ނިމިދިޔަ ރީޔާސީ އިންތިހާބުގެ ތެރޭގައި މަހުގެ އަގަށް ގެނައި ބަދަލާ އެކުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ ގޮތުން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަހުގެ އަގު ވަނީ 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ