ޗައިނާ ޗެމްބަރ އޮފް ކޮމާސްގެ އެހީގައި ހަދިޔާކުރި ފިޔާ ބަހައި ނިންމާލައިފި އެވެ.
މި ފިޔާ ބެހުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހިޔާ ފްލެޓުގެ 4 ވަނަ ޓަވަރުގައެވެ. ފިޔާ ބެހުމުގެ ކަންކަމާ ކޮމޮނާޒް އެމްވީއިން ހަވާލުވިއިރު، އެކަން ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީއާއި، އެސްޓޯއޯ އަދި ޗައިނާ އެމްބަސީ ގުޅިގެންނެވެ.
ދަ ކޮމަނާސްއިން މީގެކުރިން ވަނީ ފިޔާ ބަހާފައިވަނީ ހަމައެކަނި ހިޔާ ޓަވަރުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ނޫންކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދިޔައީ ޢާންމުކޮށް ހުޅުވާލައިގެންކަމަށް ބުނެފައެވެ.
އެހެން ނަމަވެސް ފުރަތަމަ ފިޔާ ބަހާފައިވަނީ އެ ޖަމުޢިއްޔާގައި ނިކަމެތިންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ 100 ޢާއިލާއަށްކަމަށް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.
ޗައިނާގެ ވިޔަފާރިވެރިންގެ ޖަމުޢިއްޔާއެއް ކަމަށްވާ ޗައިނާ ޗެމްބަރ އޮފް ކޮމާސްއިން މި އެހީ ދީފައިވަނީ ދެޤައުމު ގުޅިގެން އުފައްދާފައިވާ ޖަމިޢްޔާއެއްކަމަށްވާ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނާއެވެ.
ފިޔާވެސް މާލޭ މީހުންނަށް. ކަރާވެސް މާލޭ މީހުންނަށް. ދެން ރާއްޖޭގެ އެހެން ރަށްރަށުގައުޅޭ މީހުންނަށް އޮތީ ކޮންއެއްޗެއް؟ ކިހާސަޅި.