ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އިންތިހާބު ކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައީސަކާއި ނައިބް ރައީސެއްްގެ ނަން ހުށަހެޅުމަށް ހުޅުވާލުމުން މަޖިލިހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމެވެ. އެ ނަމަށް ތާއީދު ކުރެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ. މަޖިލީހުގެ ރައީސް ކަމަށް ނާޒިލްގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޒިޔާދު (ފިއްޓެ) އެވެ. އެ ނަމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
މަޖިލީހުގައި ނެގި ސިއްރު ވޯޓްގައި އަބްދުއްރަހީމް އަށް ލިބިވަޑައިގަތީ 71 ވޯޓެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. އަދި ބާތިލް 7 ވޯޓް އޮތެވެ



