ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބު ކުރައްވައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާޒިމްގެ ނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމްއެވެ. އެ ނަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއުއެވެ.
މީގެއިތުރުން މަޖިލީހުގެ ނައިބު ރައީސް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ދީދީގެ ނަން ހުށަހަޅުއްވިއެވެ. އެ ނަމަށް ތާއީދު ކުރައްވާފައި ވަނީ މާވަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ޝާކިރެވެ.
މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި ނާޒިމަށް 80 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ ވާދަކުރެއްވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ދީދީއެވެ. އަހުމަދު ދީދީއަށް ލިބިވަޑައިގެންފައި ވަނީ 12 ވޯޓެވެ.



