Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މި ދައުރަކީ މަޖިލީހުގެ ކަރާމަތާ ގަދަރު އުފުލިގެންދާނެ ދައުރެއް: މަޖިލިސް ރައީސް އަބްދުއްރަހީމް

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ފެށުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުން ފަހުރުވެރިވާނޭހެން އަދި މަޖިލީހުގެ ގަދަރާ މަގާމު އުފުލިގެންދާނޭފަދަ ގޮތަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށާއި މެންބަރުންނަށާއި ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތުގައި އެމަނިކުފާނު ފުރިހަމައަށް ވަގުތު ދެއްވާ ނަމޫނާ ދައްކަވާނެކަމަށެވެ.

އަބްދުއްރަޙީމް ވިދާޅުވީ އައު މަޖިލިސް އެކުލެވިގެންދަނީ ޤައުމަށް މުހިންމު ދަނޑިވަޅެއްގައިކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވީ މުހިންމު އައު ސިޔާސަތުތަކާއެކުގައި އިންގިލާބީ ބޮޑު ބަދަލެއް ރާއްޖެއަށް ގެނައުމުގެ ވިސްނުންފުޅުގައި ކަމަށެވެ. އެހެންކަމުން، މި މަޖިލިސް ވާނީ އެމަނިކުފާނުގެ މަސައްކަތްޕުޅާ ފިޔަވަޅު ހަމަކޮށް ހިނގަންވާނެ މަޖިލީހަކަށް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. 

“އިގްތިސާދީ އަސާސްތައް ފުޅާކުރުން، އައު މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަންކުރުން. ފައިސާއާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުން. ޢުމްރާނީ ތަރައްގީގެ އައު ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފުކުރަމުން ގެންދިއުން. ވީދެމުންދާ ދިވެހިންގެ އިޖުތިމާޢީ ފޭރާން އަލުން ވިޔެ އައުކުރުން. މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން. ނުގަވައިދުން ބިދޭސީން ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން. ޤާނޫނީ ވެރިކަން ހިފެހެއްޓުން. ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން. މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން،” މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ. 

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، މަޖިލީހުގެ އަބުރާ ކަރާމާތް ހިފަހެއްޓުމަކީ 20 ވަނަ މަޖިލީހުން އަދާ ކުރަންޖެހޭ މުހިއްމު މަސްއޫލިއްޔަތުތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ސަރުކާރާއެކު މަސައްކަތްކޮށްގެން މިކަންކަމުގައި ގޮތް ނިންމަން ޖެހޭ ކަމަށެވެ. އެގޮތުން، އައު ޤާނޫނުތައް ތައާރަފުކޮށް މިހާރު ހުރި ޤާނޫނުތައް ބަލައި ހައްލުކުރުމާއި ޒަމާނާ ނުގުޅޭ ޤާނޫނުތައް އުވާލަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަޖިލީހުގައި ހިނގާ ބަހުސްތަކާއި ކުރެވޭ މަސައްކަތްތަކުގައި ތަފާތު ޚިޔާލުތަކާއި، ތަފާތު ފިކުރުތަކާއި ނަޒަރިއްޔާތަށް ޖާގަ އޮންނަންވާނެކަން ޤަބޫލުކުރައްވާކަމަށާއި، ނަމަވެސް އެކަންކަން އޮންނަންވާނީ މަޖިލީހުގެ ކަރާމާތާއި ޤަދަރު ހިފަހެއްޓޭ ގޮތަށް، މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުތަކުގެ ތެރޭގައި، މަޖިލީހުގެ ޤަދަރާއި އިހުތިރާމު އުފުލިގެންދާނެ ގޮތަކަށްކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މަޖިލީހުގައި މަސައްކަތްކުރަން ޖެހޭނީ ރައްޔިތުން ހިތާއި ރޫހުން އެ މަސައްކަތްތައް ބަލައިގަންނާނެ ފެންވަރަކަށް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ