ހުޅުމާލެ އިން ދަނޑުވެރިކަމަށް އިތުރު ބިން ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީން މި ފުރުސަތު ހުޅުވާލާފައި މިވަނީ “ރަށްވެހި ދަނޑުވެރިކަމު” ގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފެއްޓުމުގެ ގޮތުންނެވެ. އެގޮތުން މިހާރު ބިން ކުއްޔަށް ދޫކުރަން ހުޅުވާލާފައި ވަނީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ބިންތަކެވެ.
މި ބިންތަކަށް އެދުމުހެ ފުރުސަތު އެޗްޑީސީން ވަނީ އަންނަ މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި އިތުރު މައުލޫމާތު އެޗްޑީސީގެ ހޮޓްލައިން 3353535 އަށް ގުޅައިގެން ހޯދުމުން އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ..
މި މަޝްރޫއަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި އެގްރޯނެޓްގެ ފަންނީ އެހީތެރިކަން ލިބެއެވެ.