އަންނަ މަހު ފާހަގަކުރާ ބައިނަލްއަގުވާމީ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން ބޮޑު މަސް ރޭހެ ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހަކީ ޖޫން އަށް ވަނަ ދުވަހެވެ. އެ ދުވަހާ ގުޅިގެންމަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.
ފިޝަރީޒް މިނިސްޓްރީން ބާއްވާ މަސް ރޭހަކީ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބުތަކަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ.
ޖޫން ހަތް ވަނަ ދުވަހު އޮންނަ މި މަސްރޭހުގައި އެއްވަނަ އަށްދާ ފަރާތަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ، ތިން ވަނައަށް 7،000 ރުފިޔާގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.