ފާނަ މަސްވެރިކަމުގައި މޫދަށް ފައިބާ އުޅުނު ބިދޭސީއެއްގެ ގައިމައްޗަށް ލޯންޗެއް އަރާ ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އދ ދަނގެތި ކައިރީ ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދު 7:55 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ލޯންޗުން ޖެހުނު މީހާ އދ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިހާދިސާގައި ނިޔާވެފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.



