ކަރަންޓު ބިލްތަކާއި ގުޅިގެން ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެދިއްޖެއެވެ.
ސްޓެލްކޯއިން ވަނީ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށް ބުނެފައެވެ.
ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7788438 މެދުވެރިކޮށް ވަޓްއެސްއެޕާއި ޓެލެގްރާގްމްގެ އިތުރުން މެއިލް މެދުވެރިކޮށް ވެސް ފޮނުވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ، ގޭބީސީތަކުގެ ކަރަންޓު ބިލު އާދަޔާ ހިލާފަ ބޮޑުވެފައިވާތީ އާންމުން ނުރުުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެކަމާއި ގުޅިގެން ސްޓެލްކޯ ކުރިމަތީގައި މިހާރު އަންނަނީ އިހްތިޖާޖު ވެސް ކުރަމުންނެވެ.



